މެމްބަރުން އުޅެނީ މަސީހާއި މަސައްލައެއް ޖެހިގެން ނޫން ކަމަށާއި ޚިޔާލު ތަފާތުވެގެން އުޅެނީ މަދު ވިޔާފާރިވެރިން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ނުދައްކަން ވެގެންކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
miulhenee majlis raees ge massalaeh noon. Madhu viyafaari verieh dhaulathah dhakkan jehey faisaa nudhakkan aadhaige mathin dhakkaa bahanaa.
— Mohamed Saeed (@em_saeed) July 4, 2017
ސައީދު މިގޮތަށް ވިދާޅުވެފައިވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު މުހައްމަދު ލަތީފް ޕާޓީއިން ވަކިވެވަޑައިގެންފައިވަނިކޮށެވެ.
އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް 45 މެމްބަރުންގެ ސޮޔާއެކު ހުށައެޅުމުން ރާއްޖޭގެ ސިޔާސީ މަސްރަޚު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެގެން ގޮސްފައެވެ. ޕީޕީއެމްގެ 10 މެމްބަރަކު މަސީހު ބޭރުކުރުމަށް ހުށައެޅުމަށް ސޮއިކޮށްފައިވާއިރު އެއް މެމްބަރަކު ވަނީ ލިސްޓުގައި އޮތީ އޭނާ ކުރި ސޮޔެއް ނޫން ކަމަށްވެސް ތުހުމަތުކޮށްފައެވެ.
މަސީހު ބޭރުކުރުމަށް 45 މެމްބަރުންގެ ސޮޔާއެކު ހުށައެޅުމުން މަޖިލީހުގެ މެޖޯރިޓީ ވަނީ ޕީޕީއެމްއަށް ގެއްލިފައެވެ. ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކު ވަނީ މެމްބަރުންގެ ކިބައިން ގައުމަށްޓަކައި ޕީޖީ ގްރޫޕާއި ސަރުކާރާއެކު ދެމިތިބުމަށް އެދިވަޑައިގެންފައެވެ.