ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ މެންބަރުންގެ އެހީތެރިކަން ހޯއްދަވަން އާދޭސް ދެންނެވިޔަސް ރިޝްވަތު ނުދެއްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ވިދާޅުވެއްޖެ އެވެ.
މުއާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ މެނިފެސްޓޯގައިވާ ކަންކަން ފުރިހަމަކޮށް ދިނުމަށްޓަކައި މަޖިލީހުގެ މެންބަރުންގެ އެހީތެރިކަން ހޯއްދަވަން ރައީސް ޔާމީން އާދޭސް ދަންނަވާފައިވާ ކަމަށެވެ.
"މި ރައީސަކީ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން އެއްވެސް ކަމެއް ކުރައްވާނެ ރައީސެއް ނޫން ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަރުވަން،" މުއާޒުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
މުއާޒު މިގޮތަށް ވިދާޅުވެފައި ވާއިރު، އިދިކޮޅު ފަރާތްތަކުން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ މައްސަލަތަކެއް ފުލުހުން މިހާރު ދަނީ ބަލަމުންނެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވާފައި ނުވާނެ ކަމަށެވެ.