Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ސޮލަރެލް އިންޝުއަރަންސްގެ އޮފީހެއް އައްޑޫގައި ހުޅުވައިފި

ސޮލަރެލް އިންޝުއަރަންސް ކުންފުނީގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވައިފިއެވެ.

ސަތޭކަ ޕަސަންޓް ދިވެހިން ހިއްސާވާ ސޮލަރެލް އިންޝުއަރަންސް ކުންފުނީގެ އައްޑޫ އޮފީސް ގާއިމްކޮށްފައި ވަނީ ހިތަދޫ، ލިންކް ރޯޑްގައެވެ.

މިދިޔަ އަހަރު އިންޝުއަރެންސް ހިދުމަތް ދިނުމުގެ ހުއްދަ ލިބުނު ސޮލަރެލް އިން ގެންދަނީ ރާއްޖޭގައި އާންމުކޮށް ދެމުން އަންނަ ހުރިހާ ވައްތަރެއްގެ އިންޝުރެންސްގެ ބާވަތްތައް ތައާރަފްކޮށްފަ އެވެ.

'އައްޑޫލައިވް' އާއި ވާހަކަ ދައްކަވަމުން ސޮލަރެލްގެ އައްޑޫ ބްރާންޗްގެ މެނޭޖަރ މުސާއިދު ސައީދު ވިދާޅުވީ އައްޑޫގައި ހުޅުވި ސޮލަރެލްގެ އޮފީހުން އިންޝުއަރެންސްގެ ހުރިހާ ޚިދުމަތެއް ލިބިގެންދާނެ ކަމަށެވެ.

ސޮލަރެލް އިން ލިބޭ އިންޝުއަރެންސްގެ ޚިދުމަތްތަކުގެ ތެރޭގައި ހެލްތު އިންޝުއަރެންސްގެ އިތުރުން ކާގޯ އިންޝުއަރެންސާއި މެރިން އިންޝުއަރެންސް، އިންޖިނިއަރިން އިންޝުއަރެންސް، ޕްރޮޕަޓީ އިންޝުއަރެންސް، އޭވިއޭޝަން އިންޝުއަރެންސް، މިސެލޭނިއަސް އިންޝުއަރެންސް، އަދި މޮޓޯ އިންޝުއަރެންސް ހިމެނެ އެވެ.