ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް ބަދަލުކުރަން އުޅުމަކީ ފިނޑި އަމަލެއް ކަމުގައި ހައުސިން މިނިސްޓަރ ޑރ. މުއިއްޒު ވިދާޅުވެއްޖެ އެވެ.
ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ "ރިޝްވަތު ދީގެން މަޖިލީހުގެ ރައީސް ބަދަލުކުރަން އުޅުމަކީ، ގޮތް ހުސްވެފައިވާ ކަން ދައްކައިދޭ ނާތަހުޒީބު ފިނޑި ޢަމަލެއް" ކަމަށެވެ.
ރިޝްވަތު ދިނުމަކީ ފިނޑި ޢަމަލެއްގެ ގޮތުގައި ޑރ. މުއިއްޒު ވިދާޅުވެފައި ވާއިރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިދިކޮޅު ފަރާތްތަކުން ރިޝްވަތު ހުށަހެޅި މައްސަލައެއް ފުލުހުން މިހާރު ގެންދަނީ ބަލަމުންނެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރ އަހްމަދު ފާރިސް މައުމޫން މަޖިލިސް މެންބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ހެއްކާއި ޤަރީނާ ލިބިފައިވާ ކަމަށެވެ.
އެހެން ނަމަވެސް އެވާހަކަތައް ފާރިސް ވަނީ ދޮގުކުރައްވައި ފާރިސް ވިދާޅުވީ، ރިޝްވަތު ނުދެއްވާ ކަމަށާއި އެކަމާއި ގުޅޭ ހެއްކެއް ނުހުންނާނެ ކަމަށެވެ.