ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް މަޖްލިސްގެ މެޖޯރިޓީ ގެއްލުނު ހަބަރު ބޭރުގެ މީޑިއާތަކުގެ ފަލަ ސުރުޙީއަށް އަރަން ފަށައިފިއެވެ.
އެގޮތުން ދުނިޔޭގެ ހަބަރު ގެނެސްދޭ އެންމެ ބޮޑު އެޖެންސީ ކަމަށްވާ ރޮއިޓާސްއިންވެސް ވަނީ ރައީސްއަށް މަޖްލިސްގެ މެޖޯރިޓީ ގެއްލިފައިވާކަމަށް ރިޕޯޓްކޮށްފައެވެ. މީގެ އިތުރުން ދަ ހުންދޫ އާއި އެހެނިހެން މީޑިއާތަކުގައިވެސް މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމަށް މެޖޯރިޓީ ލިބިފައިވާ ކަމަށާއި ރައީސް ޔާމީން ޕާލިމެންޓްގައި ހިފަހައްޓަމުން ދިޔަ މެޖޯރިޓީ ގެއްލިފައިވާކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ބޭރުގެ މީޑިއާތަކުގައި މިފަދައިން ހަބަރުތައް ޝާއިއު ކުރަމުން އަންނަ އިރު މަޖްލިސްގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްއަށް ނިސްބަތްވެ ވަޑައިގަންނަވާ 10 މެމްބަރަކު ވަނީ ސޮއި ކުރައްވާފައެވެ.
ރައިސް ޔާމީން ވަނީ އެ މެމްބަރުންނަށް "އާދޭސް" ދަންނަވާފައެވެ.ް