Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ފާރިސް ހައްޔަރުކޮށްފި ނަމަ އިތުރު ފަހެއް ގުޅޭނެ: މުސްތަފާ

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން. ފޮޓޯ: ވީނިއުސް

ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް ހައްޔަރު ކޮށްފި ނަމަ ޕީޕީއެމްގެ އިތުރު ފަސް މެމްބަރަކު އިދިކޮޅު ފަރާތްތަކާއި ގުޅޭނެކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްޠަފާ ވިދާޅުވެއްޖެ އެވެ.

މުސްޠަފާ މިހެން ވިދާޅުވީ ފާރިސް މައުމޫން މިރޭ ހައްޔަރުކޮށްފާނެކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ވާހަކަ ދައްކަވަމުން ދަނިކޮށެވެ.

ފާރިޝް ހައްޔަރުކޮށްފާނެ ކަމުގެ އަޑު ފެތުރިފައިވާއިރު މިއަދު އެމަނިކުފާންގެ މައްޗަށް އުފުލާފައިވާ ޝަހުސު އޮޅުވާލި ކަމުގެ މައްސަލައިގެ ލިޔެކިއުން ކްރިމިނަލް ކޯޓުން ވަނީ ފާރިޝް އާއި އެމަނިކުފާންގެ ގާނޫނީ ވަކީލް މައުމޫން ހަމީދު އާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން މަޖްލިސް މެމްބަރުންނަށް ފާރިސް ރިޝްވަތު ދެއްވި ކަމުގެ ހެކި ލިބިފައިވާކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެ.

ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގެންނެވި ދިއްދޫ ދާއިރާގެ މެމްބަރ އަބްދުއް ލަޠީފް މުހައްމަދު ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.