Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

"އިމްރާން ފަދަ ބޭފުޅަކު މީޑިއާއަށް އިންޓަވިއު ދިނީމަ ހިތާމަކުރަން"

އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގޭ ބަންދުގައި ހުންނެވުމަށްފަހު ޖަލު ބަންދަށް ބަދަލުކުރި ދުވަހު މީޑިއާއަކަށް އިންޓަވިއު ދެއްވުމަކީ ހިތާމަކުރައްވާ ކަމެއް ކަމުގައި ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

'ސަން ޓީވީ' ގައި ވާހަކަ ދައްކަވަމުން އަޒްލީން ވިދާޅުވީ، ޝައިޚް އިމްރާން ގޭ ބަންދުގައި ހުންނެވުމަށްފަހު ޖަލު ބަންދަށް ބަދަލުކުރި ދުވަހު މީޑިއާއަކަށް އިންޓިއުދީފައިވާކަމަށާ އެއީ ކުރެވިގެންވާނެކަމެއް ނޫން ކަމަށެވެ.

އަޒްލީން ވިދާޅުވި ގޮތުގައި، އިމްރާން އަށް ޖަލުގައި ދެމުންދިޔަ އިނާޔަތްތައް ކަނޑާލީ އެމަނިކުފާނު ޖަލު ބަންދަށް ބަދަލުކުރި ދުވަހު މީޑިއާތަކަށް އިންޓަވިއު ދިނުމުން ކަމަށެވެ.

"ވަކި ކަންތައްތަކެއް ޝަރުތުކޮށް، ނުކުރެވޭނެ ކަންކަންވެސް ބަޔާންކޮށްފައި ގޭ ބަންދަށް ބަދަލުކުރީ. އެހެން އޮއްވާ ޝައިޚް އިމްރާންފަދަ ދީނީ އިލްމުވެރިއަކު މީޑިއާއަށް އިންޓަވިއު ދެއްވުމަކީ ހިތާމަކުރައްވާކަމެއް"