ކެންޔާގައި ޗައިނާ އިން އަޅަމުން ދިޔަ 12 މިލިއަން އެމެރިކާ ޑޮލަރުގެ ބްރިޖެއް އަޅައި ނުނިމެނީސް ވެއްޓިއްޖެ އެވެ.
ބްރިޖް ވެއްޓިފަ އިވަނީ އެގައުމުގެ ރައީސް، އުހުރު ކެންޔަޓާ ބްރިޖް ބަލައި އެއްވެސް މައްސަލައެއް ހުރިތޯ ދިރާސާކުރިތާ ދެ ހަފްތާ ތެރޭގައެވެ.
ކެންޔާގެ ވެރިކަން ކުރާ ޕާޓީއަށް ވަނީ މިކަމުގެ ސަބަބުން ވަރަށް ބޮޑު ގޮންޖެހުންތަކާ ފާޑުކިޔުންތައް އަމާޒުވެފައެވެ.
ޗައިނީސް އޯވަސީސް ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ނަމަކަށް ކިޔާ ކުންފުންޏަކުން މަރާމާތު ކުރަމުން ދިޔަ މިބްރިޖަކީ ކެންޔާ ސަރުކާރުން އޭގެ މަސައްކަތް ދިޔަގޮތް ވަރަށް ގާތުން ބަލަމުންދިޔަ މަސައްކަތެއް ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވެ އެވެ.
ބްރިޖް އަޅާފައި ވަނީ ކެންޔާގެ ދެ ސަރަހައްދެއް ގުޅާދޭ ކޯރެއް މަތީގައެވެ. ދެހާސް ސާދަ ވަނަ އަހަރު މި ކޯރު ހުރަސްކޮށް ދަތުރު ކުރި ދޯންޏެއް އަޑިއަށްގޮސް 12 މީހުން ވަނީ މަރުވެފައެވެ.
ރައީސް ކެންޔަޓާ ވަނީ ރައްޔިތުންނަށް ކޯރު ހުރަސްކޮށް ދަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލުވާނެ ކަމަށް ބްރިޖުގެ މަސައްކަތް ފެށި އިރު ވިދާޅުވެފަ އެވެ.
ކެންޔާއިން ވަނީ އިމާރާތްކުރުމާއި ތަރައްގީގެ ބިޔަ ޕްރޮޖެކްޓުތަކެއް އެގައުމުގައި ފަށައިފަ އެވެ. މިފަދަ ދަތިކަންތަކާއި ކުރިމަތިލާންޖެހި، ސަރުކާރަށް ވަނީ ރައްޔިތުންގެ އިތުބާރު ގެއްލިފަ އެވެ.