އެތައް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ލޮލުގެ ޑޮކްޓަރަށް ދެއްކުމަށް މީގެ ކުޑައިރުކޮޅެއް ކުރިން މާލެ އަށް ގެނެސްފި އެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އަދީބު އަށް ފަރުވާދެމުން ދަނީ އައިޖީއެމްއެޗް ގައެވެ.
އަދީބަށް ގިނަ ސިއްހީ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު އެއިން އެއްވެސް ކަމަކަށް އެކަށީގެންވާ ސިއްހީ ފަރުވާއެއް ލިބެމުން ނުދާތީ އެމަނިކުފާނުގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
33 އަހަރުގެ ޖަލު ހުކުމެއް އަދީބް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބަށް ކުރިމަތިވެފައިވާ ސިއްހީ މައްސަލަތަކުގެ ތެރޭގައި ކިޑްނީގައި ހިލާ ހުރުމާއި، އިންޓާނަލް ސިސްޓް ހުރުމާއި، އަދި ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލްކޮމާ ޖެހިފައިވުން ހިމެނެ އެވެ.