ރާއްޖޭގައި މިވަގުތު ހުރި އެންމެ ޖެހިލުން ކުޑަ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޠޮއްޔިބް ޝަހީމް އަނެއްކާވެސް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިކަމަށް ޠޮއްޔިބް ބުނެފިއެވެ.
މީގެ ގަޑިއެއްހާ އިރު ކުރިން ޠޮއްޔިބު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފުލުހަށް ހާޒިރުވާން އަންގާފައިވާ ކަަމަށެވެ. ނަމަވެސް އެއީ ކޮންކަމަކާއިގެން ކަން އޭނާ ނުބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައުލޫމާތު ސާފު ކުރެއްވުމަށް ފަހު ޖަވާބެއް ދެއްވާނެކަމަށެވެ.
ސްވައިން ފުލޫ އާއި ގުޅިގެން ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން އުފެދޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުންދާ ކަމުގެ ތުހުމަތުގައި މިއަހަރު އެޕްރީލް މަހުގެ ތެރޭގައި ހައްޔަރުކޮށް ފަހުން ހައިކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް ހުކުމް ކޮށްފައެވެ.
ތަފްސީލް އަންނަނީ……