ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުގެ މަގާމުގައި ހުންނެވި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އެމަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
އިލްހާމް ވަނީ ޕީޖީ ގްރޫޕް ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވިއިރު އިގްތިސޯދީ ކޮމިޓީގެ މުގައްރިރު ކަމުންވެސް އިސްތިއުފާ ދެއްވާފައެވެ. ދެ މަގާމުން އިސްތިއުފާ ދީފައިވާ ކަން އިލްހާމް ވަނީ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސެއިންމަނިކަށް އަންގާފައެވެ.
އިލްހާމްއަކީ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމަށް ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައިވެސް ހިމެނިވަޑައިގަންވާ މެމްބަރެކެވެ. ނަމަވެސް މިހާރު އޭނާ ހުންނެވީ ރާއްޖެއިން ބޭރުގައެވެ.
ޖުމުހޫރީ ދާއިރާގެ ޓިކެޓުގައި މަޖިލީހަށް އިންތިޚާބު ވުމަށްފަހު އިލްހާމް ވަނީ ވެރިކަން ކުރާ ޕީޕީއެމަށް ސޮއިކޮށްފައެވެ.