Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ކޮންމެ ފަރާތަކުން އަމުރު ކުރިއަސް ޤާނޫނާއި ޚިލާފަށް އަމަލެއް ކޮށްގެން ނުވާނެ: މައުމޫން

ކޮންމެ ފަރާތަކުން އަމުރު ކުރި ކަމުގައި ވީ ނަމަވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން ޤާނޫނާއި ޚިލާފަށް ޢަމަލުކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

"ކޮންމެ ފަރާތަކުން އަމުރެއް އަޔަސް ރަސްމީ އިދާރާއެއްގެ މީހަކު ޤާނޫނާ ޚިލާފް އަމަލެއް ކޮށްގެން ނުވާނެ" ރައީސް މައުމޫން

ރަސްމީ އިދާރާ ތަކުގެ މުވައްޒަފުން ޤާނޫނާއި ޚިލާފަށް ޢަމަލު ނުކުރެއްވުމަށް މައުމޫން ގޮވާލައްވާފައި ވާއިރު، ސަރުކާރުން "ހަތިޔާރެއްގެ" ގޮތުގައި ފުލުހުން ބޭނުން ކުރަމުން ގެންދާ ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.