ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރަށް ޖަލަށް ހުކުމް ކުރައްވާފައިވަނިކޮށް ބޭސް ފަރުވާއަކަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް އަވަށްޓެރި ލަންކާ ވަޑައިގަންނަވައިފިއެވެ.
ނަޝީދު މިފަހަރު ލަންކާއަށް ވަޑައިގަންނަވާފައިމިވަނީ ނިމިގެންދިޔަ ޖޫން މަހު ލަންކާއަށް ވަޑައިގެން ހުންނެވުމަށްފަހު އީދޫ ބަންދަށް އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށްފަހުއެވެ.
މިއަދު މެންދުރު ނަޝީދު ލަންކާއަށް ވަޑައިގެންނެވި އިރު މިދިޔަ ހޯމަ ދުވަހު ނަޝީދު ވަނީ އިދިކޮޅު ލީޑަރުން ގުޅިގެން ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒްގައި ބޭއްވި ޖަލްސާގައި އޯޑިއޯ މެސެޖެއް ދެއްވާފައެވެ.
ނަޝީދު ލަންކާއަށް ވަޑައިގެން އުޅުއްވާއިރު މިއަހަރުގެ ސެޕްޓެމްބަރ މަހު އެނބުރި ރާއްޖެވަޑައިގަންނަވާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަޠީފް ވަނީ ވިދާޅުވެފައެވެ.