Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

އަދީބު އަވަހާރަކޮށްލާކަށް ނޫޅޭ: ޕޮލިސް

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.

ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވި ގޮތުގައި އަދީބު ދޫނިދޫ ޖަލުގައި ހުންނަވަނީ ފުރިހަމަ ރައްކާތެރިކަމާ އެކުގައެވެ.

އެހެންނަމަވެސް، އަދީބުގެ ވަކީލު ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ ފުލުހުންގެ ފަރާތުން ކަމަށެވެ.

އަދީބުގެ އެތެރެހަށީގައި ސިސްޓެއް އުފެދި ކިޑްނީގައި ހިލަހެދި ކެންސަރުގެ ނުރައްކާ ބޮޑުވެފައިވާއިރު އަދީބުއަށް ބޭސްފަރުވާ ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށް އާއިލާއިން ކުރި އާދޭސްތައްވީ ބޭކާރު އެއްޗަކަށެވެ.

އަދީބު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ އާއި ރައީސް އަބްދުﷲ ޔާމީން ދަތުރުކުރެއްވި ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި ގުޅިގެން އުފުލި ޓެރަރިޒަމް ދައުވާ އާއި ފިސްތޯލައެއް ގެންގުޅުނުކަމުގެ ދައުވާ ސާބިތުވެގެންނެވެ.

މި މައްސަލަތައް ސާބިތުވެ މިހާރު އަދީބް ގެންދަވަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.