Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އިންޑިއާ އިން މަސްތުވާތަކެއްޗާ އެކު ދިވެއްސަކު ހައްޔަރުކޮށްފި

އިންޑިއާގެ ޓްރިވެންޑްރަމް އިންޓަނޭޝަނަލް އެއާޕޯޓުން މަސްތުވާތަކެއްޗާއެކު ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އުމުރުން 25 އަހަރުގެ ލުތުފީ މުހައްމަދު ކިޔާ މިމީހާގެ އަތުން 700 ގްރާމްގެ ހަޝިޝް އޮއިލް ޕެކެޓް ފެނިފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

މިތަކެތި ފެނިފައިވަނީ އެއާޕޯޓުގެ އޭވިއޭޝަން ސެކުއިރިޓީ އިން އޭނާ ބަލައި ފާސްކުރިއިރު ފައިގެ ފަލަމަސްގަނޑުގައި ފޮރުވާފައި ހުއްޓައެވެ.

މި މަސްތުވާތަކެތީގެ މަގުމަތީ އަގު އެއްލައްކަ ރުފިޔާއަށް އަރާނެ ކަމަށް މައުލޫމާތު ލިބެއެވެ.