ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގައި ހިޔާލު ތަފާތުވުންތައް ބޮޑުވެ އެންމެ ފަހުން އެ ގްރޫޕުން ރައީސް އަބްދުﷲ ޔާމީން ބޭރުކޮށްދެއްވުމަށް އެދިވަޑައިގެންފިއެވެ.

ސޯޝަލް މީޑިއާގައި ލީކްވެފައިވާ ޗެޓް ލޮގްގައި ރައީސް ވިދާޅުވެފައިވަނީ " ހާދަ ޝަކުވާ ބޮޑޭ. ތިހެން ނުހައްދަވާ" ށޭ ވިދާޅުވި އެވެ. އަދި އޭގެ ފަހުން ބައެއް މެމްބަރުން ޝަކުވާ ކުރައްވަން ފެއްޓެވުމުން ރައީސް ވިދާޅުވީ "އެއްވެސް އެމްޕީއަކަށް ފުއްދައިދެވުނު ކަމެއް ނެތް. ސަރުކާރުން ދާއިރާތަކުގެ ތަރައްގީއަކަށް ކުރި ކަމެއް ވެސް ނެތް" ކަމަށެވެ.

މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވުން އުފެދިފައިވަނީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހަސަން މަނިކު މެމްބަރުން ހިމަނަިއގެން ގްރޫޕް ހެއްދެވުމާއި ގުޅިގެންނެވެ.

ގްރޫޕް ހެއްދެވި މައްސަލާގައި މެމްބަރުން ވަނީ ޝަކުވާކޮށްފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ އެގޮތަށް އުފައްދާފައިވާ ގްރޫޕް ތަކުން މެމްބަރުންނަށާއި ދާއިރާގެ ރައްޔިތުންނަށް ލިބުނު މަންފާއެއް ނެތްކަމަށް ވިދާޅުވެފައެވެ.
މެމްބަރުން ޝަކުވާ ކުރައްވަން ފެއްޓެވުމުން ރައީސް ވިދާޅުވީ "އަޅުގަނޑު މި ނިކުތީ މި ޕޭޖުން" އޭގެ އިރުކޮޅެއް ފަހުން ވިދާޅުވީ "ފަލާހް ޕްލީޒް ރިމޫވް މީ"
ރައީސް އަބްދުﷲ ޔާމީން އާއި ބައެއް މެމްބަރުންނާއި ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާ އިރު ބައެއް މަޖްލިސް މެމްބަރުން ދަނީ ޕީޕީއެމްއިން ވަކި ވަމުންނެވެ.