Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ރައީސް ޔާމީނަށް ތާއިދު އޮތްކަން ދައްކާލައިފި

މިއަދު ހަވީރު ކާނިވަލު ސަރަހައްދުގައި ހަރަކާތެއް ބާއްވާ ޒުވާނުންތަކެއް ރައީސް އަބްދުﷲ ޔާމީންއަށް ތާއީދު އޮތްކަން ދައްކާލައިފި އެވެ.

މި ހަރަކާތުގައި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ހަރަކާތުގައި ޒުވާނުން ވަނީ ޤައުމަށް ތަރައްގީ ގެނައުމަށް ސަރުކާރުން ކޮށްދެއްވި ކަންތައްތައް ފާހަގަކޮށް ޒުވާނުން ވަނީ ޝުޢޫރު ފާޅުކޮށްފައެވެ.

މިހަރަކާތުގައި ވާހަކަ ދައްކަވަމުން ޝައިނީ ވިދާޅުވެފައިވަނީ ރާއްޖޭގެ ވެރިކަމަށް ލާދީނީ ބައިގަނޑެއް އައުމަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި މި ތާއީދާއެކު ރައީސް ޔާމީން 2018 ވަނަ އަހަރުވެސް ހޮވަން ވާނެ ކަމަށެވެ.

މިހަރަކާތް ކުރިއަށް ގެންގޮސްފައިވާއިރު ޕާޓީގެ އެތެރޭގެ ހަމަނުޖެހުންގަނޑެއް ވަނީ އުފެދިފައެވެ.