އިދިކޮޅު ފަރާތްތަކުން ކޮންމެ ވާހަކައެއް ދެއްކިއަސް ސަރުކާރަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރ، ޑރ. ޝައިނީ ވިދާޅުވެއްޖެއެވެ.
ސަރުކާރާއި ރައީސް ޔާމީން ދިފާއު ކުރައްވަމުން ޝައިނީ ވިދާޅުވެފައިވަނީ ހިމޭނުން ތިބޭތީ އެއްވެސް ފަރާތަކުން ސަރުކޯރު ކޯލިޝަނުގެ މެމްބަރުންނަކީ "ގަޓު ނެތް" ބައެއް ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.
އަމިއްލަ ނަފްސުގެ ދިފާއުގައި ގައުމު ހަލަބޮލިކޮށްލުމަކީ ބޭނުންވާ ކަމެއް ނޫން ކަމަށާއި އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ޝައިނީ ވިދާޅުވެފައިވެވެ. މިއަދު ރައީސް ޔާމީނަށް ތާއީދުއޮތް ކަން ދައްކާލުމަށް މާލޭގެ ޒުވާނުންނާއެކު ބައިވެރިވެވަޑައިގެން ޝައިނީ ވިދާޅުވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންތައް ޒުވާނުން ވަރަށް ކައިރިން ބަލަން ޖެހޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުގެ ސަބަބުން ޕްރެޝަރާއި ކުރިމަތިވެލައްވާފައިވޭތޯ ސުވާލުކުރެވުމުން ޝައިނީ ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މޫނުމަތިން އެއްވެސް ކަހަލަ ޕްރެޝަރެއް ނުފެންނާނެ ކަމަށާއި ހާސްކަމެއް ނެތް ކަމަށެވެ.
ޕީޕީއެމްގެ މަހިބަދޫ ދާއިރާގެ މެމްބަރު، އަހުމަދު ތޯރިގް ޝައިނީގެ އިސްތިއުފާއަށް ގޮވުމުންވެސް ޝައިނީ ވަނީ އެއްވެސް ރައްދެއް ނުދީ ޓުވީޓާގައި އިމޯޖީއެއް ޕޯސްޓުކޮށްފައެވެ. އެފަހުން ޓޮމް ވަނީ މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ހުށައެޅުމަށް ސޮއިވެސް ކުރައްވާފައެވެ.