Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

އެޑިއުކޭޝަން މިނިސްޓަރު އައްޑޫގައި

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، އައްޑު އަށް ވަޑައިގެންފި އެވެ.

މިނިސްޓަރ އާއިޝަތު ޝިހާމްގެ މިދަތުރުފުޅަކީ އައްޑޫގެ ސްކޫލުތަކުގެ ނަތީޖާ ރަނގަޅުކުރުމުގެ ގޮތުން އައްޑޫގެ ސްކޫލްތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާކުރުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ޤައުމީ ސިޔާސަތުގެ ދަށުން ނަތިޖާ ހާސިލްކުރުމަށް މަގުފަހި ކުރުމަށްޓަކައި ސަމާލުކަންދޭންޖެހޭ ކަންތައްތަކަށް މިމަޝްވަރާ ބައްދަލުވުންތަކުގައި އަލިއަޅުވާލެވިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓަރ އައްޑޫއަށް ވަޑައިގެންފައިވަނީ ރޭގެ ވަގުތެއްގައެވެ. އަދި މިއަދު އައްޑޫގެ ސްކޫލްތަކުގެ ވެރިންނާއި އެކަމަނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާނެއެވެ.