ފްރާންސުގެ ލިޔޯންއަށް ކުޅެމުން އައި އެލެކްސެންޑަރ ލަކާޒެޓް އިނގިރޭސިވިލާތުގެ އާސެނަލްއަށް 46.5 މިލިއަން ޕައުންޑުގެ އަގަކަށް ސޮއިކޮށްފިއެވެ. މިއީ އާސެނަލްގެ ތާރީޚުގައިވެސް އެންމެ އަގުބޮޑު ޓްރާންސްފާއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އިތުރު ޚަރަދުތަކާއެކު އާސެނަލްއިން ލަކާޒެޓް އަށް £52.6 މިލިއަން ހޭދަކުރާނެއެވެ. މިއީ 2013 ވަނަ އަހަރު އޮޒިލް ރެއަލް މެޑްރިޑުން ގެނައުމަށްފަހު އާސެނަލްއިން ކުޅުންތެރިޔަކަށް މިވަރަށް ޚަރަދުކުރި ފުރަތަމަ ފަހަރެވެ. އޮޒިލް އާސެނަލްއާއި ގުޅިފައިވަނީ 42.3 މިލިއަން ޕައުންޑަށެވެ.
އާސެނަލް ޓީމާއެކު އަންނަ ހަފްތާގައި ސިޑްނީގައި ކުޅޭ އެކުވެރިކަމުގެ މެޗުގައި ލަކާޒެޓް ބައިވެރިވާނެއެވެ. ޖެހިގެން އަންނަ ހަފްތާގައި ޗައިނާގައި ބެޔާން މިއުނިކްއާއި ދެކޮޅަށް ޕްރީ ސީޒަން ފްރެންޑްލީގައި އާސެނަލް ނިކުތުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ ސީޒަނުގައި ލިޔޯންއާއެކު 28 ލަނޑު ޖަހާފައިވާއިރު އޭނާ ވަނީ 275 މެޗުން 129 ގޯލު ޖަހާފައެވެ. އާސެނަލްއާއި ގުޅުމުން ދެކެމުންއައި ދުވަސްވީ ހުވަފެނެއް ހަގީގަތަކަށް ވެފައިވާ ކަމަށް ލަކަޒެޓް ބުނެފައިވެއެވެ.