ކިތަންމެ ގިނަ ފައިސާ ބެހިޔަސް އިދިކޮޅު ފަރާތްތަކުގައި ފައިސާ އިން ގަނެވޭނެ މެމްބަރެއް ނެތް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.
ނިޒާރު މިހެން ވިދާޅުވެފައިވަނީ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ނިޒާރު ވިދާޅުވެފައިވަނީ އެމްޑީޕީ މެމްބަރުން ވޭތުވެދިޔަ ތިން އަހަރު އިޚުލާސްތެރިކަމާއެކު މަސައްކަތް ކޮށްފައިވާ ކަމަށާއި އަދި ޕީޕީއެމްއިން ސަރުކާރާއި އިދިކޮޅަށް ވޯޓު ދިން މެމްބަރުންގެ ހިތްވަރު މާގަދަ ކަމަށްވެސް ނިޒާރު ވިދާޅުވެފައިވެއެވެ.
ސަރުކާރުގެ ފަރާތުން އެތައް ގޮންޖެހުންތަކާއި ފިއްތުންތަކެއް ކުރިމަތިވެފައިވާއިރުވެސް ރައްޔިތުންގެ ހައްގުގައި ތެދުވެ ޖެހިލުމެއް ނެތި މަސައްކަތް ކުރަނީ ހިތްވަރު ހުރުގެން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވަނީ މަސީހާ ދެކޮޅަށް ސޮއިކުރި ޕީޕީއެމް މެމްބަރުންގެ ސޮއި އަނބުރާ ނެގުމަށް 5 މިލިއަން ޑޮލަރު ބަޔަކާއި ހަވާލުކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފައެވެ.