Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

އަޅުގަނޑުގެ ނިންމުން ބަދަލެއް ނުވާނެ، ނުވެސް ކުރެވޭނެ: ސިނާން

މެމްބަރ އަބްދުﷲ ސިނާން؛ ފޮޓޯ: އަވަސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސް ކުރުމަށް ހުށަހެޅި ލިޔުމުގައި ވަނީ އެ މަނިކުފާންގެ ސޮއި ކަމަށާއި އެ ނިންމުން ބަދަލެއް ނުވާނެ ކަމަށާއި ނުވެސް ކުރެވޭނެ ކަމަށް މައްޗަން ގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ވިދާޅުވެއްޖެ އެވެ.

ރައީސް ޔަމީންގެ އަނބިކަބަލުން ހިންގަވާ "ސަދަގާތް ފައުންޑޭޝަންގެ" ސެކެޓްރީ ޖެނެރަލްކަން ވެސް ކުރައްވަމުން އަންނަ ސިނާނަކީ މަސީހު އިތުބާރު ނެތް ކަމަށް ލިޔުމުގައި ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރެއިން އެއް ބޭފުޅެވެ.

ސިނާން މިއަދު ވިދާޅުވީ ގައުމު އިސްލާހު ކުރުމަށް ކުރަމުން އަންނަ މަސައްކަތަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދެއްވަން ޖެހޭ ކަމަށާއި ހައްގުގެ މަގަށް ހުރިހާ ފަރާތަކުންވެސް ރުޖޫއަވާން ޖެހޭ ކަމަށެވެ.

ސިނާން މަސީހު އާއި ދެކޮޅަށް ސޮއި ކުރެއްވުމަކީ ސަރުކާރުގެ އިސް ވެރިންނަށް ބޮޑު ހައިރާން ކަމެއް ލިބިގެން ދިޔަ ކަމެކެވެ.

ސިނާންގެ އިތުރުން ބައެެއް މެމްބަރުންވެސް ވަނީ މަސީހު އާއި ދެކޮޅަށް ސޮއި ކުރެއްވިކަން ހާމަ ކުރައްވާފައެވެ.