Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މައުމޫން ސިންގަޕޫރަށް ވަޑައިގަންނަވަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އަނެއްކާވެސް ސިންގަޕޫރަށް ފުރާވަޑައިގަތުމަށް ހަމަޖައްސަވައިފިއެވެ. މައުމޫން ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖައްސާފައިވަނީ ހޮނިހިރު ދުވަހުގައެވެ.

އާއިލީ ބޭނުމަށް މައުމޫން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ސިންގަޕޫރުގައި ހުންނެވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހުގައެވެ.

މިފަހަރުވެސް އާއިލީ ބޭނުމެއްގައި ރާއްޖެއިން ބޭރަށް ފުރަން ޖެހިފައިވާތީ މައުމޫން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނަގަން އެދިފައިވާ ބަޔާން އެމަނިކުފާނު އެނބުރި ވަޑައިގަތުމުން ނެގުމަށް އެދިވަޑައިގެންފައެވެ.

އެނބުރި ރާއްޖެއަށް 10 ވަރަކަށް ދުވަސްތެރޭ ވަޑައިގަންނަވާނެ ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.