ރައީސް ވަހީދުގެ އެޑްވައިޒަރ އަހުމަދު ތައުފީޤް (ޓޯޕީ) މިއަދު ޖުމްހުރީ ޕާޓީއަށް ސޮއިކޮށްފިއެވެ.
ޓޯޕީ ޖޭޕީއަށް ސޮއިކޮށްފައިވަނީ މިއަދު ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުްގައެވެ. ސޮއި ކުރުމަށްފަހު ފޯމު ހަވާލުކޮށްފައިވަނީ އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އާއިއެވެ.
Thanks to @ThaufeegAhmed for your decision to join JP. Your experience in politics will add value to our party. pic.twitter.com/MVU3aTYVCq
— Abdulla Riyaz MP (@riyazabdulla) July 6, 2017
ޖުމްހުރީ ޕާޓީގެ ނައިބް ލީޑަރ އަބްދުﷲ ރިޔާޒް ވިދާޅުވީ ޓޯޕީގެ ސިޔާސީ ތަޖްރިބާ އަކީ އެޕާޓީއަށް ވަރަށް މުހިއްމު އެއްޗެއްކަމަށެވެ.
ޓޯޕީ ޖުމްހުރީ ޕާޓީއަށް ސޮއި ކުރެއްވި އިރު މިފަހަކަށް އައިސް އިދިކޮޅު އިއްތިހާދުން ބާއްވާ ގިނަ ޖަލްސާތަކުން ޓޯޕީ ފެނެއެވެ.