Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ހިތްވަރު އެބަހުރި، މި އޮޑީގައި ތިބީ "ގަޓް" މީހުން: ފަލާހު

ކުރިއަށް އޮތީ ވެރިކަން ކުރާ ޕީޕީއެމަށް އުފާވެރި ދުވަސްތަކެއް ކަމަށާއި، ޕީޕީއެމް މެމްބަރުންނަށް އުފާވެރި ހަބަރުތަކެއް ކަމަށް ޕީޕީއެމް ޕީޖީ ގްރޫޕްގެ ނައިބް ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ފަލާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމް މެމްބަރުންނަށް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމަށާއި، ހިތްވަރު ނޭލޭ ކަމަށާއި، މި އޮޑީގައި ތިބީ ގަޓު މީހުން ކަމަށެވެ.

ފަލާހު މިމޭރުމުން ޓްވީޓް ކުރެއްވި އިރު އެމަނިކުފާން އާއި ޕީޖީ ގްރޫޕްގެ ލީޑަރ ވިލިމާފަންނު ދާއިރާގެ މެމްބަރ އަހުމަދު ނިހާން ހަސަން މަނިކު އާއި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއް ރަހީމް އަބްދުﷲ އާއި އިތުރު ބައެއް މެމްބަރުން ތިއްބެވީ އަވައްޓެރި ލަންކާގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މި ޖުލައި މަހުގެ 24 ވަނަ ދުވަހަށް ތާވަލްކޮށް މެމްބަރުންނަށް ނޯޓިސް ފޮނުވާފައިވާ އިރު ޕީޕީއެމްގެ 10 މެމްބަރަކު ވަނީ މަސީހު އާއި ދެކޮޅަށް ސޮއި ކުރައްވާފައެވެ.

އޭގެ ތެރެއިން ބައެއް މެމްބަރުން ވިދާޅުވީ އެ ނިންމެވުން ބަދަލު ނުކުރައްވާނެކަމަށާއި ގައުމު އިސްލާހު ކުރުމުގައި ދެމި ތިއްބަވާނެކަމަށެވެ.