Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

އޭޖީ އަނިލް އާއި ޝިޔާމްގެ އިސްތިއުފާ އަށް ގޮވާލައްވައިފި

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު، އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ޝިޔާމްގެ އިސްތިއުފާއަށް ގޮވާލައްވައިފި އެވެ.

ޖަމީލް މި ދެބޭފުޅުންގެ އިސްތިއުފާއަށް ގޮވާލައްވާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ސްޕްރީމް ކޯޓަށް ވަޑައިގެންނެވިކަމުގެ ތުހުމަތާއި އެކުގައެވެ.

ޑރ.ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެއީ މިނިވަން ޝަރުއީ ނިޒާމެއްގައި ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.

ބަންޑާރަ ނައިބް މުހައްމަދު އަނިލް ސުޕްރީމް ކޯޓުގެ މައި ދޮރާށިން ވަންކަމަށާއި ޗީފް އޮފް ޑިފެންސް ފޯސް އަހުމަދު ސިޔާމް މާރުކޭޓާއި ދިމާލަށް ހުންނަ ހައި ކޯޓުން ބޭނުންކުރާ ދޮރާށިން ވަންކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވެއެވެ.