Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

ޖެޓް ފިއުލްގެ އަގު އެމްއޭސީއެލް އިން ހެޔޮކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވިއްކާ ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.

މި ބަދަލު ގެނެސްފައި ވަނީ އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެވުނު 14 ވަނަ އިސްލާހާއި، ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކޮށް ކަމަށް މައުލޫމާތު ލިބެ އެވެ.

އެހެންކަމުން، އެ ކުންފުނިން ޖެޓްފިއުލް ވިއްކާނީ ޑޮމެސްޓިކް ފްލައިޓުތަކަށް ލީޓަރަކަށް 0.69835 ޑޮލަރު ނުވަތަ 10.768ރ. އަށެވެ.
އިންޓަނޭޝަނަލް އެއާލައިންތަކަށް ފިއުލް ލީޓަރެއް ވިއްކާނީ 0.69303 ޑޮލަރު ނުވަތަ 10.64ރ. އަށެވެ.