Last Updated: June 11, 13:58
Thursday, June 11, 2026
ޚަބަރު

ޓޫރިސްޓުން ދުއްވި ސައިލެއް އެކްސިޓެންޓްވެ މީހަކަށް އަނިޔާވެއްޖެ

މިއަދު އެކްސިޑެންޓްވި މީހާ ކައިރީގައި ފުލުހަކާ އެކު ބަޔަކު ހަރަކާތްތެރި ވަނީ. ފޮޓޯ/ ކިޔުންތެރިއެއް

ޓޫރިސްޓުންޓުންތަކެެއް ދުއްވި ސައިކަލެެއް، އެހެން ސައިކަލެެއްގައި ޖެހި އަނިޔާވި މީހަކަށް ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.

މަންޒަރު ދުށް މީހަކު "އައްޑޫ ލައިވް" އާ ވާހަކަ ދައްކަމުން ބުނީ މިއަދު ހެނދުނު 11:30 އެހާކަށްހާ އިރު އާރްއޭއެފް ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވެގެން ފަރުވާ ދެމުން އަންނަނީ މަރަދޫފޭދޫ މީހަކަށެވެ.
އެހެން ނަމަވެސް އޭނާގެ ފުރިހަމަ ނަމާއި އެޑްރެހެއް ނޭނގެ އެވެ.

މަންޒަރު ދުށް މީހާ ބުނީ ހިތަދޫ މީހަކާ އިނދެގެން އުޅޭ އުމުރުން 48 ވަރަކަށް އަހަރުގެ މީހާ ސައިކަލުން ވެއްޓި ތާރުގަނޑުގައި ޖެހި ހަށިގަނޑުގެ އެކި ތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި އޭނާގެ އަތުގެ އެއް އިނގިލި ވަރަށް ބޮޑަށް ޒަހަމްވެ ޗިސްވެފައިވާ ކަމަށް ވެސް މަންޒަރު ދުށް މީހާ ބުންޏެވެ.

އަނިޔާވި މީހާ ހޮސްޕިޓަލަށް ގެންގޮސްފައި ވަނި އޭނާ އަށް އެހީތެރިވާނެ ބަޔަކާ ދިމާ ނުވެ، ގާތްގަޑަކަށް 21 ވަރަކަށް މިނިޓެއްހާ ފަހުން، އެ ސަރަހައްދަށް ދިޔަ މީހަކު ފުލުހުންނަށް ގުޅައިގެން ފުލުހުންގެ އެހީތެރިކަމާ އެކު ކަމަށް މަންޒަރު ދުށް މީހާާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މި ހާދިސާ ހިނގާފައި ވަނީ ގަމުގެ އީކްއޭޓާ ވިލެޖްގެ ދެ ޓޫރިސްޓަކުނ ހިތަދޫން ގަމަށް އަދި މަރަދޫފޭދޫ މީހާ ހިތަދު އަަށް ދަނިކޮށް، ދެ ސައިކަލް ޖެހި އެކްސިޑެންޓްވެގެން ކަމަށެވެ. މި ހާދިސާގައި ދެ ޓޫރިސްޓުންނަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އަދި އެކްސިޑެންޓްވި ދެ ސައިކަލަށް ވެސް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް މަންޒަރު ދުށް މީހާ ބުންޏެވެ.