Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

ހަނިމާދޫ ދާއިރާގެ މެމްބަރު ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފި

ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރު ހުސައިން ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފި އެވެ.

ޝަހުދީ ޕީޕީއެމްއިން ވަކިވެޑައިގެންނެވި ކަން ހާމަ ކުރައްވައި ޕީޕީއެމްގެ ޖެނެރަލް ސެކްރެޓަރީ އަބްދުﷲ ހަލީލަށް ފޮނުއްވި ސިޓީ ގައި ވިދާޅުވީ "މިވަގުތު އެއްވެސް ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވުމަށް ބޭނުން ނުވާތީ މިއަދުން ފެށިގެން ތިޔަ ޕާޓީގެ ދަފުތަރުން އަޅުގަނޑުގެ ނަން އުނިކޮށްދެއްވުން އެދެމެވެ" މިހެންނެވެ.

ޝަހުދީ އަކީ ޖުމްހުރީ ޕާޓީން މަޖްލިސްއަށް ހޮވި ވަޑައިގަތް މެމްބަރެކެވެ.

ޝަހުދީ ޕީޕީއެމުން ވަކިވެވަޑައިގެންފައިވާ އިރު ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއް ލަޠީފް މުހައްމަދު ވެސް ވަނީ ނިމިގެން ދިޔަ ހަފްތާ ތެރޭ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.