Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ސާއިދަށް 100 މީޓަރު ދުވުމުން 4 ވަނަ

އިންޑިއާގެ އޮޑިޝާގައި ކުރިއަށްދާ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންގެ 100 މީޓަރ ދުވުން ރާއްޖޭގެ އެއްމެ ބާރު ދުވުންތެރިޔާ ސާއިދު 4 ވަނަ ހޯދައިފިއެވެ.

ސާއިދުއަށް އޭޝިޔާ ބައްރުގެ 4 ވަނަ ލިބިފައިވަނީ އެ ސަރަހައްދުގެ އެއްމެ ބާރު ދުވުންތެރިންނާ ވާދަކޮށް 10:37 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

މި މުބާރާތުގެ 1 ވަނަ ލިބުނު އިރާނުގެ ދުވުންތެރިޔާ ރޭސް ނިންމާފައިވަނީ 10:31 ސިކުންތުންނެވެ. މި ކާމިޔާބީއަކީ މިހާތަނަށް ރާއްޖެއަށް އެތުލެޓިކްސް އިން ލިބުނު އެއްމެ ބޮޑު ކާމިޔާބެވެ.

މީގެ ކުރިންވެސް ސާއިދަކީ ބޭރުގެ އެކި މުބާރާތްތަކުގައި ވާދަކޮށް ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ ދުވުންތެރިއެކެވެ. އޭގެ ތެރޭގަައި ބަންގްލަދޭޝްގައި އޮތް އިންޓަރނޭޝަނަލް މުބާރާތަކާއި އިންޑިއަން އައިލެންޑް އޯޝަން ގޭމްސް ހިމެނެއެވެ.