Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ސެމްސަންގަށް މި އަހަރު ރެކޯޑް ފައިދާއެއް

ދެކުނު ކޮރެއާގެ ސެމްސަންގ ކުންފުންޏަށް މިއަހަރުގެ ދެވަނަ ކުއާޓާގައި ރެކޯޑު އަދަދަކަށް ފައިސާ ލިބޭނެ ކަމަށް ރިޕޯޓް ކޮށްފިއެވެ.

އިއްޔެ އެކުންފުނިން ނެރުނު "އާނިންގްސް ގައިޑެންސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން ދެވަނަ ކުއާޓ ނިމޭއިރު 52 ބިލިއަން އެމެރިކާ ޑޮލަރުގެ ފައިސާއެއް ލިބޭނެއެވެ. އަދި ސާފު ފައިދާގެ ގޮތުގައި 12.1 ބިލިއަން ޑޮލަރު ލިބޭނެއެވެ.

މިއީ 2013 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގައި ސެމްސަންގް އަށް ލިބުނު 9.56 ބިލިއަން ޑޮލަރުގެ ރެކޯޑު މުގުރާލެވޭނެ އަދަދެކެވެ. ނޯޓް 7 ގޮވައި ފޯނު ވިއްކުން ކުންފުނިން ހުއްޓާލުމުން ގިނަ ބަޔަކު ހީކުރީ ސެމްސަންގްއަށް އަރައިނުގަނެވޭނެ ފަދަ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

ނަމަވެސް ގެލެކްސީ އެސް 8 އިން ސެމްސަންގ ހޯދި ކުރިއެރުމާއެކު ފާއިތުވެދިޔަ ތިން އަހަރު ތެރޭގައި އެކުންފުނިން ހޯދި އެންމެ ރަނގަޅު ވިޔަފާރި އަދި ތާރީޚުގައިވެސް ލިބުނު އެންމެ ބޮޑު ފައިދާ ވަނީ މިއަހަރު ހޯދާފައެވެ.

ސެމްސަންގ އިން އަންނަނީ ނާކާމިޔާބުވި ނޯޓް 7 ގެ "ފޭން އެޑިޝަނެއް" ތައާރަފް ކޮށްފައެވެ. ޚަބަރު ލިބޭ ގޮތުގައި މި ފޯނުގައި ވަނީ ފުރަތަމަ ނެރުނު ފޯނާއި ތަފާތު ބެޓެރީއެކެވެ.