Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

އަދީބުގެ ވަކީލުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ފަށައިފި

ސަން ފޮޓޯ:

ކުރީގެ ނައިބު ރައީސް އަދީބުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ މަހުފޫޒު ސައީދާއި މޫސާ ސިރާޖުގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެ ވަކީލުންނާއި ދެކޮޅަށް ތަހުގީގު ފަށާފައިވަނީ އަދީބު އަވަހާރަކޮށްލުމަށް ރާވަމުންދިޔަ ކަމަށް ބުނެ ފުލުހުންނަށް މައްސަލަ ހުށައެޅުމަށްފަހު އެ މައުލޫމާތު ލިބުނު ގޮތެއް ހާމަނުކުރުމުންނެވެ.

ދެ ވަކީލުންވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު ހިފަހައްޓާފައެވެ. އަދި ތިން ތުހުމަތެއް ވަނީ ދެބޭފުޅުންނާ ދެކޮޅަށްވެސް ކޮށްފައެވެ. އެއީ ސައްޙަ ނޫން މައުލޫމާތު ފެތުރުރި ކަމުގެ ތުހުމަތާއި ގާނޫނު ތަންފީޒު ކުރާ އިދާރާއެއްގެ މަސައްކަތަށް ހުރަސް އެޅި ކަމުގެ ތުހުމަތުގެ އިތުރުން ގާނޫނުގެ ބާރު ހިންގުމަށް ހުރަސްއެޅުމުގެ ތުހުމަތެވެ.