Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

ރައީސް މައުމޫނު ސިންގަޕޫރަށް ވަޑައިގެންފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ސިންގަޕޫރަށް ފުރާވަޑައިގަންނަވަައިފި އެވެ.

ރައީސް މައުމޫނުގެ މިދަތުރުފުޅަކީ ރައީސް މައުމޫންގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ކޮއްކޮ ފަރީޝާ އިބްރާހީމް އަވަހާރަވީ ފަހުން 40 ދުވަސް ހަމަވާތީ އެކަމުގައި ބައިވެރިވުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް މަައުމޫނު ފުރާވަޑައިގަންނަވާކަމާއި އެމަނިކުފާނުގެ މިދަތުރުފުޅުގައި 10 ވަރަކަށް ދުވަސް ވާނެކަން އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއަށް ވަނީ ސިޓީއަކުން އަންގަވައިފައެވެ.

ކުރީގެ ރިޔާސީ ގަނޑުވަރު ތީމުގޭގެ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލަ ތަހުޤީގުކޮށް މައުމޫނުގެ ބަޔާނެއް ނެގުމަށް އޭސީސީއިން ވަނީ މައުމޫނަށް އަންގާފައެވެ.