Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

ޕޮލިސް އެކެޑަމީގެ ބިންގާ އަޅަން ހޯމް މިނިސްޓަރާއި ސީޕީ އައްޑު އަށް

ފޮޓޯ:ވީމީޑިއާ

އައްޑޫގައި އިމާރާތް ކުރާ ޕޮލިސް އެކަޑަމީގެ ބިންގާ އަޅުއްވައި ދެއްވުމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން އާއި ކަމިޝަރު އޮފް ޕޮލިސް އަހުމަދު އަރީފް މިއަދު އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ހޯމް މިނިސްޓަރާއި ސީޕީގެ އިތުރުން އިންޑިއާއިން ރާއްޖެ ކަޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާ ވަޑައިގަންނަވާ ކަމަށެވެ.

ހިތަދޫ އާރްއޭފްގައި ހުންނަ ބަނދަރު އިމާރާތާއި ޖެހިގެން އޮތް ބިމުގައި ހަދާ ޕޮލިސް އެކަޑަމީގެ ބިންގާ އެޅުމަށް ހަމަޖެހިފައި ވަނީ މިއަދު ހަވީރު 4:30 ގައެވެ

މި ޕޮލިސް އެކަޑަމީ އެޅުމަށް އެ ސަރަހައްދުން އެއް ކިލޯމީޓަރުގެ ބިމެއް ވަނީ ހަމަޖައްސައިފަ އެވެ.

މިއީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 18 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތް ކުރާ ތަނެކެވެ.