ސަރުކާރު ހިންގާ ޕީޕީއެމް-އެމްޑީއޭ ކޯލިޝަނުން އިންތިޒާމްކޮށްގެން "ހިނި އަންނަނީ" ގެ ނަމުގައި ބޭއްވި ސަޕްރައިޒް ހަފްލާ މިއުޒިކް ޝޯއަކަށް ބަދަލުވެ އިދިކޮޅު ސަޕޯޓަރުން ހެއްވާލައިފި އެވެ.
ޕީޕީއެމް ސަޕޯޓަރުން އާޝޯހުވާ ފަދަ ބޮޑު ޚަބަރުތައް އިއްވާނެ ކަމަށްބުނެ ޕްރޮމޯޓް ކުރި މި ހަފްލާގައި ޚަބަރުތަކަށް ދިގު އިންތިޒާރެއް ކުރަމުންދިޔަ ސަޕޯޓަރުންނަށް އެންމެ ފަހުން ފެނިގެން ދިޔައީ މިއުޒިކް ޝޯއެކެވެ.
ބައެއް މީހުން "ސަޕްރައިޒް ނިއުސް" އަޑުއެހުމަށް އިންތިޒާރުކޮށްގެން އެތައް އިރެއް ވަންދެން އެމްޑީއޭ ހަރުގޭގައި ތިބުމަށްފަހު ޚަބަރެއް ނުލިބި މިއުޒިކް ކުޅެން ފެށުމުން ނުރުހުންވެސް ފާޅުކޮށްފައިވެއެވެ.
އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ޕީޕީއެމާ ގުޅެން އުޅޭ ކަމުގެ ޚަބަރު އިއްޔެ ސޯޝަލް މީޑިޔާގައި ވަނީ ފެތުރިފައެވެ. ނަމަވެސް އެ މެމްބަރުން ވަނީ އެޚަބަރުތައް ދޮގުކޮށްފައެވެ.
އިއްޔެ އެމްޑީޕީ ޕީޖީ ގްރޫޕު ވައިބާ ގްރޫޕުޗެޓުގެ މެސެޖުތައް ކަމަށްބުނާ ފޮޓޯއެއްވެސް އާންމުވެފައިވާއިރު އެމްޑީޕީ ޕީޖީ ގްރޫޕުން ވަނީ އެއީ ފޭކު މެސެޖުތަކެއް ކަމަށްބުނެފައެވެ.