ޖުމުހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ފުލުސް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓު ފޮނުވައިފިއެވެ.
ރިޔާޒް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ދައުލަތުން ދައުވާ ކުރާ ގާނޫނޫ ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅިކަމަށް ތުހުމަތުކޮށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އޭނާއަށް މީގެ ކުރިންވެސް ވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅި ކަމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ރިޔާޒް ވަނީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ހުށައެޅުމަށް ސޮއިކުރި ޕީޕީއެމް މެމްބަރުންގެ ސޮއި އަނބުރާ ގެނައުމަށް ސަރުކާރުން 5 މިލިއަން ޑޮލަރު ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.