Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ރިޔާޒްގެ މައްޗަށް ކުރި ދައުވާ ސާބިތެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުންކުރި ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅި ކަމުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއަދު ކްރިމިނަލް ކޯޓަށް ރިޔާޒް ހާޒިރު ކުރުމަށް ފަހު ބޭއްވި އަޑުއެހުމުގައި ހާޒިރުވެވަޑައިގެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ އޭނާގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމްކޮށްފައެވެ.

ރިޔާޒްގެ މައްޗަށް ހެކި ހޯދުމުގައި ފުލުހުން އިމްތިޔާޒް ގާނޫނާއި ޚިލާފު ވެފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ފުށޫއަރާ ކަންތައްތަކެއް ހުރިކަމަށް ކޯޓުން ކުރި ހުކުމުގައި ބުނެފައިވެއެވެ.