ކްރިމިނަލް ކޯޓުން ދުނިޔެ އާއި އާޚިރަތުގެ ބާއްޖަވެރިކަން ހޯދައިފި ކަމަށް ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރ މުހައްމަދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
މުސްތަފާ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
Criminal court in dhuniye aai aakhirathuge baajja veri kan hodhaafi..
— Mohamed Musthafa (@Thimarafushi) July 9, 2017
ބެލެވޭ ގޮތުގައި މުސްތަފާ މިހެން ވިދާޅުވެފައި ވަނީ، ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ފުލުހުންގެ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދިން މައްސަލައެއްގައި އޭނާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރުމާއި ގުޅިގެންނެވެ.
މީގެ ކުރިން ޕޮލިސް ކޮމިޝަނަރ ކަން ވެސް ކުރެއްވި ރިޔާޒްގެ މައްޗަށް ކުށް ސާބިތުނުވީ އޭނާ އާއި ދެކޮޅަށް ހުށަހަޅާފައިވާ ހެކިތަކަކީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށް ވުމާއި އަދި ހެކިބަސް ދިން ހެކިންގެ ބަހުގައި ފުށުއެރުންތައް ހުރުމުންނެވެ.
ތިމަރަފުށީ ދާއިރާގެ މެންބަރ މުސްތަފާ އަކީ ޕީޕީއެމް އަށް ނިސްބަތްވާ މަޖިލިސް މެންބަރުންގެ ތެރެއިން ސަރުކާރުގެ ކަންކަމަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ މެންބަރެވެ.
ޕީޕީއެމްގައި ހުރެ އެ ޕާޓީގެ ސިޔާސަތުތަކަށް ފާޑުވިދާޅުވި މެންބަރުންނާއި މެދު މީގެ ކުރިން ފިޔަވަޅު އަޅާފައި ވީ ނަމަވެސް މުސްްތަފާގެ މައްޗަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.