Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

"ފަތްތޫރަ" އިގެ އެޕެއް ހަދަން ނިންމައިފި

ދިވެހި ބަހުން މައުލޫމާތު ހިމެނޭގޮތަށް ނެރެމުން އަންނަ "ފަތްތޫރަ" އިގެ އެޕްލިކޭޝަން ހެދުމަށް ދިވެހި ބަހުގެ އެކެޑަމީއިން ނިންމައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 300 ފަތްތޫރަ ހިމެނޭ ގޮތަށް އެންޑްރޮއިޑް އެޕްލިކޭޝަނެއް ނެރެވޭނެ އެެވެ.

ފަތްތޫރައިގެ އެޕަލް އެޕްލިކޭޝަން ކުރު މުއްދަތެއްގައި ނެރެވޭނެ ކަމަށް ބަހުގެ އެކަޑަމީ އިން މައުލޫމާތު ލިބެ އެވެ. މި އެޕްލިކޭޝަން ނެރުމުން ފަތްތޫރަތައް އޮންލައިންކޮށް ކިޔާލެވޭނެ އެވެ.

ފަތްތޫރައަކީ ތާރީޚާއި ބަހާ ބެހޭ ތަފާތު މައުޟޫޢުތަކާއި ޅެންވެރިކަމުގެ ތަފާތު ބާވަތްތައްވެސް ހިމެނޭ ގޮތަށް މަހަކު އެއްފަހަރު ނެރެވޭ މަޖައްލާއެކެވެ.