Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

"ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ" އައްޑޫގައި ފަށައިފި

"ޑިމޮގްރަފިކް އެންޑް ހެލްތް ސާވޭ" ގެ ނަމުގައި ހެލްތު މިނިސްޓްރީން ކުރާ ސާވޭ އައްޑޫގައި ފަށައިފި އެވެ.

ޤައުމީ ފެންވަރުގައި ކުރާ މި ސާވޭ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުން ފެށިގެން 42 ދުވަހުގެ މުއްދަތަކަށެވެ.

މި ސާވޭއަކީ ބައިނަލްއަޤުވާމީ ފެންވަރެއްގައި އާބާދީ އާއި ސިއްޙަތާ ގުޅުން ހުރި މިންގަނޑުތަކާއި އާބާދީގެ މައިގަނޑު ސިއްޙީ ހާލަތާއި ޚިދުމަތްތަކުގެ ހާލަތު ދެނެގަތުމަށްޓަކައި ކުރިއަށް ގެންދާ ސާވޭއެކެވެ.

މި ސާވޭ އާއި ގުޅިގެން މިނިސްޓްރީގެ ފަރާތުން އައްޑު އަށް ފޮނުއްވާފައިވާ ޓީމުން ވަނީ ސާވޭއާ ގުޅޭ މަޢުލޫމާތު މިއަދު އައްޑޫ ސިޓީ ކައުންސިލާ ވެސް ހިއްސާކޮށްފަ އެވެ.

ސާވޭއިން އެއްކުރެވޭ މަޢުލޫމާތުން ސިއްހީ ދާއިރާގެ ފެންވަރު މަތިކުރުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި އެހީއަކަށް ވެގެންދާނެ ކަމަށް ސާވޭ ޓީމުން ބުންޏެވެ.