Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އިލްހާމްގެ ހަތަރު ކޮއްކޮ އަކު ވަޒީފާއިން ވަކިކޮށްފި

ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ހަތަރު ކޮއްކޮއަކު މިއަދު ވަޒީފާ އިން ވަކިކޮށްފި އެވެ.

ވަޒީފާއިން ވަކިކޮށްފައި ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ އާދިލް އާއި އެ މިނިސްޓްރީގެ ކޯޑިނޭޓަރު އިސްމާއީލު އިޒްހާން އާއި އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު ހުސައިން މައުރޫފާއި ވަޒީފާއާއި ބެހޭ ޓްރައިބިއުނަލަށް އައްޔަން ކުރައްވާފައިވާ އާދަމް ޒާލިފެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރައްވާފައިވާ އިލްހާމު ޕީޕީއެމް ޕީޖީގެ ޑެޕިއުޓީ ލީޑަރު ކަމުންނާއި މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރަކަމުގެ މަގާމުން ވެސް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.