Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

މަސްވެރިންގެ އަތުން މަސް ގަންނަ އަގު މިފްކޯ އިން ބޮޑުކޮށްފި

މާދަމާ އިން ފެށިގެން މަސްވެރިންގެ އަތުން މިހާރު މަސް ގަންނަ އަގު ކިލޯއަކުން ރުފިޔާއެއް ބޮޑު ކުރުމަށް ނިންމައިފި އެވެ.

އެސްޓީއޯ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ މަސް ގަންނަ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި މަގު އަގު އުފުލިފައިވުމާއި މަސް ގަންނަ ބޭރުގެ ކުންފުނިތަކުން ވެސް ކުރިއަށް ވުރެ ރަނގަޅު އަގެއް ލިބޭތީ ކަމަށެވެ.

މަސް ގަންނަ އަގު ދަށް ނުކުރުމުގެ ސަބަބުން މިފްކޯއަށް ވަރަށް ގިނަ ދަތިތަކަކާ ދިމާވި ކަމަށާއި އެކަން ސަރުކާރުން ދިޔައީ ފޫބައްދަމުން ކަމަށް ވެސް މިފްކޯގެ މެނޭޖިން ޑިރެކްޓަރު އަދުލީ އިސްމާއިލް ވިދާޅުވިއެވެ.

މި ބަދަލާ އެކު މިފްކޯ އިން މިހާރު ފިނިކުރި ކަނޑުމަސް ކިލޯއެއް ގަންނާނީ 20ރ. އަށް އަދި ފިނި ނުކުރާ މަސް ކިލޯއެއް ގަންނާނީ 18ރ. އަށެވެ.