Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

މަސީހަކީ އެއްވެސް ކަމެއް ނިންމަވާ ބޭފުޅެއް ނޫން: އައިބީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އަކީ މަޖިލީހުން އެއްވެސް ކަމެއް ނިންމެވި ބޭފުޅެއް ނޫން ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން މަސީހު ވަކިކުރުމަށް އިދިކޮޅު ފަރާތްތަކުން ކުރަމުން ގެންދަވާ މަސައްކަތްތަކާއި ގުޅިގެން، މީޑިޔާ އަކަށް ދެއްވި އިންޓަވިއު އެއްގައި އައިބީ ވިދާޅުވީ މަސީހްގެ މައްޗަށް ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓަކީ މަސީހްގެ އިތުބާރާ ކުޑަވެސް ގުޅުމެއް އޮތް ވޯޓެއް ނޫން ކަމަށެވެ.

އައިބީ ވިދާޅުވި ގޮތުގައި މަޖިލިސް ހިނގަމުން ދަނީ މަޖިލިސް ހިންގަން މެންބަރުން ހަދައި، ފާސް ކޮށްފައިވާ ގަވައިދަކާއި އެއްގޮތަށް ކަމަށާއި އެއީ މެންބަރުން އެކުލަވާލި ގަވާއިދެއް ކަމަށެވެ.

މިހާތަނަށް މަޖިލީހުގެ ރައީސް ގަވާއިދާއި ޚިލާފް އެއްވެސް ކަމެއް ކުރައްވާފައިވާ ނަމައެއީ މަޖިލީހުގެ މެންބަރުން ވޯޓު ލައިގެން ކުރި ކަމެއް ގޮތުގައި އައިބީ ވަނީ ސިފަކުރައްވާފައެވެ.

މަސީހު މަޤާމުން ވަކިކުރުމަށް 45 މެންބަރުންގެ ސޮޔާއި އެކު އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހަޅާފައިވާއިރު، ޕީޕީއެމްގެ ބައެއް މަޖިލިސް މެންބަރުން ވެސް ވަނީ މަސީހު އާއި ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.