Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ބައި-އިލެކްޝަންތަކުގެ ވޯޓް ކަރުދާސް ޗާޕް ކުރާނެ ބަޔަކު ހޯދަނީ

ސެޕްޓެމްބަރު 7 2013 ގައި ބޭއްވި އިންތިހާބުގައި ފޭދޫ މީހަކު ވޯޓްލަނީ. ފޮޓޯ/ އައްޑޫ ލައިވް

ބައި-އިލެކްޝަން ތަކުގެ ވޯޓު ކަރުދާ ޗާޕްކޮށް ދޭނެ ފަރާތެއް ހޯދަން އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

މިއީ މި މަހުގެ ތެރޭގައި އިލެކްޝަންސްގެ ފަރާތުން ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރި ދެވަނަ ފަހަރެވެ.

ބައި އިލެކްޝަންސް ތަކުގައި ބޭނުން ކުރާނެ ވޯޓު ކަރުދާސް ޗާޕް ކުރުމަށް އިލެކްޝަންސް އިން އިއުލާންކޮށްފައިވާ އިރު، މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ، ނުވަތަ ވިޕް ލައިނާ ހިލާފުވެއްޖެ ނަމަ، ރައްޔިތުންގެ މަޖިލިހުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައެޅުން ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ތުހުމަތުކޮށްފަ އެވެ.

އަދި އެފަދަ ނިންމުމެއް ހޯދަން އެޓާނީ ޖެނެރަލް، މިހާރު ވެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް، އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މިފަހަރު އިލެކްޝަނުން ވޯޓް ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރީ ޖުލައި މަހުގެ 3 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން އެކަށީގެންވާ ޢަދަދަށް މަޢުލޫމާތު ސާފުކުރަން އައިސްފައި ނުވާތީއެވެ.

މި މަހުގެ 9 ވަނަ ދުވަހު އިލެކްޝަނުން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން ވޯޓު ކަރުދާސް ޗާޕުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތު ދިނުން ޖުލައި 13 ވަނަ ދުވަހުގެ 13:30 ގައި އިލެކްޝަންސް ކޮމިޝަނުގެ އިދާރާގައި އޮންނާނެއެވެ.

ޖުލައި 17 ވަނަ ދުވަހުގެ 13:30 ކުރިން އަންދާސީ ހިސާބު ހުށަހަޅަން ޖެހޭއިރު، އިއުލާނާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށް އިލްކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.