Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ތިން ފަނޑިޔާރުންނާއެކު ސުޕްރީމް ކޯޓުން ދުސްތޫރީ މައްސަލައެއް ބަލަނީ

ސުޕްރީމް ކޯޓުން ކުއްލި ގޮތަކަށް މިއަދު މެންދުރު ފަހަށް ދުސްތޫރީ މައްސަލައެއް ތާވަލުކޮށްފި އެވެ.

އެ މައްސަލަ އޮތީ 1:00 ގަ އެވެ.

ސުޕްރީމް ކޯޓުގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުން މިއަދު އެ ކޯޓުން ބެލުމަށް ހަމަޖެހިފައިވާ ދުސްތޫރީ މައްސަލައަކީ ބަންޑާރަނައިބުގެ އޮފީހުން ހުށަހަޅާފައިވާ މައްސަލައެކެވެ.

'އައްޑޫލައިވް' އަށް އެނގިފައިވާ ގޮތުގައި ސުޕްރީމް ކޯޓުން މިއަދު ބަލަނީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެ ވަގުތު ހުރި ޕާޓީން ވަކިވިޔަސް ނުވަތަ ޕާޓީގެ ވިޕްލައިނާ ޚިލާފު ވިޔަސް މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލަ ބައްލަވާނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިތުރުން ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.