Last Updated: May 4, 23:07
Saturday, May 4, 2024
ޚަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާގެ ރިޕޯޓްތައް މަދުވެއްޖެ

ކުޑަކުދިންނަށް ކުރާ އަނިޔާ އާއި ގޯނާތަކާ ބެހޭ މައްސަލަތައް ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރި އަދަދު ދަށްވެއްޖެ އެވެ.

ޖެންޑާ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބު ދައްކާ ގޮތުން މިދިޔަ ޖޫން މަހު ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅިގެން ހުށަހެޅިފައި ވަނީ 83 މައްސަލައެކެވެ.

ނަމަވެސް މެއި މަހު މިފަދަ 122 މައްސަލައެއް އެމިނިސްޓްރީ އަށް ވަނީ ހުށައެޅިފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ މެދު އިހުމާލުވެގެން ހުށަހެޅުނު 28 މައްސަލަ އާއި ޖިސްމާނީ އަނިޔާގެ 22 މައްސަލައެއް ހުށަހެޅުނު އިރު ނަފްސާނީ އަނިޔާގެ ނުވަ މައްސަލަ ހުށައެޅިފައިވެ އެވެ.