Last Updated: June 23, 14:00
Tuesday, June 23, 2026
ޚަބަރު

މެމްބަރު ސިނާން ޕީޕީއެމުން ވަކިވެއްޖެ

މެމްބަރ އަބްދުﷲ ސިނާން؛ ފޮޓޯ: އަވަސް

މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ޕީޕީއެމުން ވަކިވެއްޖެ އެވެ.

ސިނާން އަކީ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމްގެ އަރިހުގައި ސިޔާސީ މަސައްކަތްތަކުގައި އެންމެ އިސްކޮށް އުޅުއްވި މެންބަރެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިނާން ވަނީ ޕާޓީ އިން ވަކިކޮށްދިނުން އެދި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީގެ ސެކްރެޓަރީ ޖެނެރަލަށް މިއަދު ސިޓީ ފޮނުވާފައެވެ.

ސިނާން އަކީ ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަަލައިގައި ޕީޕީއެމް އިން ސޮއި ކުރެއްވި 10 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.