ރައީސް އަބްދުﷲ ޔާމީން އަޒުލުކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިގޮތަށް ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީން ޝަރުޢީ ދާއިރާ ބޭނުން ކުރައްވައިގެން މިހާރު ކުރައްވާ ވިޔާނުދާ އަމަލުތަކުގެ ސަބަބުން އެމަނިކުފާނު މަޤާމުން އަޒުލުކުރުން ނޫން ގޮތެއް ނެތް ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައި ވާއިރު ޖޭއެސްސީގައި ސްޕްރީމް ކޯޓު ތަމްސީލު ކުރައްވާ މެންބަރު އަލީ ހަމީދުގެ ބަދަލުގައި މިއަދު ވަނީ އެ ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފް އެ މަގާމަށް އައްޔަން ކުރައްވާފައެވެ.
އަދި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފު ބަދަލު ކުރަން އުޅޭ ކަމަށް ބުނާ އަޑުތަކެއް ވެސް ދަނީ ފެތުރެމުންނެވެ.