Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ބުއްދިވެރި ގޮތަކީ މެންބަރުން ޕާޓީތަކުން ވަކިވެގެން ތިބުން: ސުއޫދު

ގާނޫނީ ވަކީލް:ހުސްނުއް ސުއޫދު

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ބުއްދުވެރި ގޮތަކީ، ޕާޓީތަކުން ވަކިވެގެން ތިބުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިގޮތަށް ވިދާޅުވެފައި މިވަނީ، ސިޔާސީ ޕާޓީ ބަދަލު ކުރުމުން މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދުމަށް ސަރުކާރުގެ ފަރާތުން ބަންޑާރަ ނައިބު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައިވާ ދަނޑިވަރެއްގައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ހުށަހަޅާފައިވާ އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުގައި ވަނީ ފަށާފައެވެ.

މީގެ އިތުރުން، އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބައި-އިލެކްޝަންސް ތަކުގައި ބޭނުންކުރާނެ ވޯޓު ކަރުދާސް ޗާޕްކޮށްދޭނެ ފަރާތެއް ހޯދުމަށް ވެސް އިއުލާންކޮށްފައެވެ.