Last Updated: July 14, 13:49
Wednesday, July 15, 2026
ޚަބަރު

އައްޑޫގައި މިފްކޯގެ މަސް ފެކްޓްރީއެއް ހުޅުވަނީ

vnews

މި އަހަރުގެ ފަހުކޮޅުގައި އައްޑޫގައި މިފްކޯގެ މަސް ފެކްޓްރީއެއް ހުޅުވުމަށް މަސައްކަތްކުރަމުންދާ ކަމަށް އެ ކުންފުނީގެ ސީއީއޯ އަދްލީ އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އަދްލީ ވިދާޅުވީ، ދުވަސްތަކެއް ވަންދެން ފެކްޓްރީގެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު އަނެއްކާވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ.

ހަމަ އެހެންމެ، މި މަޝްރޫއު ދަށުން ހުޅުމީދޫގައި 100 ޓަނުގެ ސްޓޯރޭޖަކާ އެކު 250 ޓަނުގެ ފެން ރައްކާކޮށް 50 ޓަނުގެ އައިސް އުފެއްދޭނެ ފެކްޓްރީއެއް ޤާއިމްކުރުމަށް ވަނީ ނިންމައިފަ އެވެ.

މި މަޝްރޫއަށް 7 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް މައުލޫމާތު ލިބެ އެވެ.